ކުޅިވަރު

މެމްފިސް ގްރިޒްލީސް އަތުން ބޮސްޓަން ސެލްޓިކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ސެލްޓިކްސްއިން ކާމިޔާބުކޮށްފައިވަނީ 119 ޕޮއިންޓް 109 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޑެރިކް ވައިޓް ވަނީ 23 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޓޮރޮންޓޯ ރެޕްޓަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުުކުރިމެޗް 119 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްގެ ފްރެޑް ވެންވްލީޓްވަނީ 35 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ބޮޔާން ބޮގްޑަނޮވިޗްއެވެ.

މިމުބާރާތުގައި މިރެއާއި މާދަމާ ހެނދުނާއެކު 11 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.