ޚަބަރު

އެންމެ ރަނގަޅު ކައުންސިލަކަށް ށ.އަތޮޅު ކައުންސިލާއި އއ.ބޮޑުފޮޅަދޫ ކައުންސިލް


2021 ވަނަ އަހަރުގެ ލޯކަލް ކައުސިލްގެ ޕާފޯމަންސް އިންޑެކްސްއިން އެންމެ މަތީ މާކްސް ށ. އަތޮޅު އަތޮޅު ކައުންސިލަށާއި އއ.ބޮޑުފޮޅަދޫ ކައުންސިލަށް ލިބިއްޖެއެވެ.

ކައުންސިލުތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ކައުންސިލުތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި އިންޑެކްސްއެއް އިފްތިތާޙުކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ.

ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް އެކުލަވާލުމުގައި ބަލާފައިވަނީ އަރބަން ގަވަރަނަންސްގެ މައިގަނޑު އަސާސްތަކަށާއި، ގްލޯބަލް ކެމްޕެއިން އޮން އަރބަން ގަވަރނަންސްގެ މައިގަނޑު ޕްރިންސިޕަލްތަކަށްކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް ލިބުނު ފަރާތްތައް އެލްޖީއޭއިން މިއަދު ވަނީ އިޢުލާންކޮށްފައެވެ.

ލޯކަލް ކައުންސިލްގެ ޕާފޯމަންސް އިންޑެކްސްއިން އެންމެ މަތީ ދަރަޖަ ހާސިލްކޮށްގެން އަތޮޅު ކައުންސިލުތަކުގެ ތެރެއިން އެންމެ ރަނގަޅު ކައުންސިލު ނުވަތަ ގަދަހަމާންތި ދަރަޖައިގެ 1 ވަނަ ހާސިލުކުރީ ށ. އަތޮޅު ކައުންސިލުންނެވެ. އަދި ރަށު ކައުންސިލުތަކުގެ ތެރެއިން އެންމެ ރަނގަޅު ކައުންސިލު ނުވަތަ ރަނަހަމާންތި ދަރަޖައިގެ 1 ވަނަ ހާސިލުކުރީ އއ.ބޮޑުފޮޅަދޫ ކައުންސިލުންނެވެ.

ގަދަހަމާންތި ދަރަޖަ: އަތޮޅު ކައުންސިލްތައް

1- މިލަދުން މަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
2- ނިލެންދި އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
3- ހައްދުއްމަތީ އަތޮޅު ކައުންސިލް

ރަނަހަމާންތި ދަރަޖަ: ރަށު ކައުންސިލް

1- އއ.ބޮޑުފޮޅަދޫ ކައުންސިލް
2- ބ.ފެހެންދޫ ކައުންސިލް
3- ހއ.ތުރާކުނު ކައުންސިލް

މާރަދަ ހަނދާނީ ފިލާ: އަތޮޅު/ރަށު ކައުންސިލް

- ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް
- ކުރެންދޫ ކައުންސިލް

އިފެކްޓިވްނަސް އިންޑެކްސް:އަތޮޅު/ ރަށު ކައުންސިލް

- މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
- ފެހެންދޫ ކައުންސިލް

ޕާރޓިސިޕޭޝަން އިންޑެކްސް:އަތޮޅު/ރަށު ކައުންސިލް

- ނިލެންދެއަތޮލޫ އުތުރުބުރީ އަތޮޅު ކައުންސިލް
- ބޮޑުފޮޅަދޫ ކައުންސިލް

އެކައުންޓަބިލިޓީ އިންޑެކްސް:އަތޮޅު/ރަށު ކައުންސިލް

- މިލަދުއްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
-ބުރުނީ ކައުންސިލް

ސެކިއުރިޓީ އިންޑެކްސް:އަތޮޅު/ރަށު ކައުންސިލް

- މިލަދުއްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
-ހުޅުދުއްފާރު ކައުންސިލް

ކާންނާ ހަނދާނީ ފިލާ: އަތޮޅު/ރަށު ކައުންސިލް

- މިލަދުއްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
- ބ.ކަމަދޫ ކައުންސިލް

އެލްޖީއޭއިން ވިދާޅުވީ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިއަހަރުން ފެށިގެން ކައުންސިލުތައް މިންކުރުމަށް އައު ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް ބޭނުން ކުރެވޭނެކަމަށާއި ސިޓީ ކައުންސިލުގެ ޕަރފޯމަންސް މިންކޮށް ރޭންކް ކުރެވިގެންދާނެކަމަށެވެ.