ކުޅިވަރު

މިލްވައުކީ ބަކްސް އަތުން ބޮސްޓަން ސެލްޓިކްސް ބަލިވެއްޖެ


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އަތުން ބޮސްޓަން ސެލްޓިކްސް ބަލިވެއްޖެއެވެ.

މިމެޗް ބަކްސްއިން ކާމިޔާބުކޮށްފައިވަނީ 131 ޕޮއިންޓް 125 ޕޮއިންޓުންނެވެ.

މިސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް އެންބީއޭގައި ދައްކަމުންދާ ދެޓީމް ކަމުގައިވާ ބަކްސް އާއި ސެލްޓިކްސްގެ މިކުރިމަތިލުމުގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދާދީ 13 ރިބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 12 އެސިސްޓް ދިން ޑެރިކް ވައިޓްއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރި ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ކައުހީ ލިއޮނާޑްވަނީ 33 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޖޯޑަން ޕޫލްއެވެ.

މީގެއިތުރުން ފީނިކްސް ސަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑިއާންޑްރޭ އައިޓަންވަނީ 29 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ކިންގްސްގެ ޑޮމަންޓާސް ސަބޮނިސްވަނީ 24 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި މީގެއިތުރުން ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 123 ޕޮއިންޓް 113 ޕޮއިންޓުން ރެޕްޓަރސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ.