ޚަބަރު

61 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް އޭޕްރީލްގައި ފަށާނެ: ޢިމްރާން

މުޖުތަމަޢުގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އަތޮޅުތެރޭގައި ހިންގޭ ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމްކުރުމަށް 61 ޕޮލިސް ސްޓޭޝަން މިއަހަރު ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ.ތޮއްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބެއް ސާފުކުރެއްވުމަށް އެދާއިރާގެ މެމްބަރު ހަސަން ޝިއާން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ތޮއްޑޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުގެ މަސައްކަތަކީވެސް އިންދިރާ ޕްރޮޖެކްޓްގެ ދަށުން އިންޑިއާގެ އެގްޒިން ބޭންކުގެ ފައިނޭންސުން ކުރިއަށްގެންދާ މަޝްރޫޢޫއެއްކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ތަފްސީލް ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އެގްރީމަންޓުތަކުގައި ސޮއިކުރެވި، ކުރެހުންތައް ފައިނަލް ކުރެވިފައިވާކަމަށެވެ. އަދި ޑިޒައިންތައް ނިންމި، ރާއްޖޭގެ ފަރާތުން އެޑުވާންސަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ މިމަސް ނިމެންވާއިރަށް، ލަސްވެގެން އެ އެޑްވާންސް ޕޭމަންޓް ޕޭކުރެވޭނެކަމަށް. އެގްރީމަންޓް ބުނާގޮތުން އެޑްވާސް ޕޭމަންޓް ޕޭކުރާތާ 15 ދުވަސް ތެރޭގައި މަސައްކަތް އަމަލީ ގޮތުން ފަށަން ޖެހޭނެ. މިހާރު ވަނީ މިކަމަށް ކަނޑައަޅަންޖެހޭ ބިންތައް ނިމިފަ. މި ޕްރޮޖެކްޓަކީ 61 ސްޓޭޝަން ހިމެނޭ ޕްރޮޖެކްޓެއް."

މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢޫގައި ހިމެނޭ ހުރިހާ ޕޮލިސްޓޭޝަނެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިފެށޭނެކަމަށެވެ. އަދި ބައެއް ސްޓޭޝަންތަކުގެ މަސައްކަތް މިއަހަރު ނިމޭނެނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ގާއިމް ކުރެވޭ ޕޮލިސް ޕޯސްޓުތަކުންވެސް، މިހަރު ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓްތަކުން ލިބޭ ޚިދުމަތްތައް ލިބިގެންދާނެކަމަށެވެ. އެގޮތުން ރަށް ޕެޓްރޯލް ކުރުމާއި، ރިޕޯޓް ކުރެވޭ މައްސަލަތަކަށް އަވަސްކޮށް ރެސްޕޯންޑް ކުރެވޭނެގޮތެއް ހަމަޖެއްސުމާއި، ނޭބަހުޑް ޕޮލިސިންގެ މަސައްކަތުގެ އިތުރުން މައްސަލަތައް އިންވެސްޓިގޭޝަން އޮފިސަރެއް ހުންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީއެންމެ އެކަށީގެންވާ ޢަދަދަށް ފުލުހުން ނެތް ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކަށް މިއަހަރުގެ ތެރޭގައި ފުލުހުން ހަމަޖައްސާނެކަމަށެވެ. އަދި އައްޑޫ ސިޓީފަދަ ބޮޑެތި އާބާދީތަކުގައި ހިންގާ ކުށްތައް މަދުކުރުމަށްޓަކައި އިތުރު ފުލުހުންނާއި، ވަސީލަތްތަކާއި ވެހިކަލް މިއަހަރު އެސިޓީއަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.