އީފާސް އެޕްލިކޭޝަން މެދުވެރިކޮށް "ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ތަޖުރިބާކޮށްލުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލުމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ، އެންސީއައިޓީން ނިންމައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލްކޮށް "ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" އަންނަ މަހު އިފްތިތާޙްކުރުމަށް ސަރުކަރުން ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑް ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްޓްކުރުމުގެ މަރުހަލާގައި ތަޖުރިބާކޮށްލުމުގެ ފުރުޞަތު އާއްމުންނަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ. އެގޮތުން 500 މީހުންނަށް އެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށާއި މީގެ ބޭނުމަކީ އެއްފަހަރާ އެތައްބަޔަކު އެ ޚިދުމަތް ބޭނުންކުރަން ފެށުމުން އައިސްދާނެ ބަދަލުތައް ދެނެގަނެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް ސަރުކާރުގެ 180 މީހަކު ނެޝަނަލް އައިޑީ ކާޑް ތަޖުރިބާ ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
Great news! A limited preview release of our digital ID is just around the corner. Want to be among the first to try it out? Follow @eFAASmv and make sure to turn on the notification to stay in the loop. #eFaas #digitalidentity #previewrelease pic.twitter.com/4xOVC4vCXI
— Mohamed Shareef (@MohmdShareef) February 18, 2023
މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، މިއާއެކު އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެމީހާގެ ޒާތީ މަޢުލޫމާތާއި ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަންނަ މާރޗްމަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދަޅުވިއެވެ.
ޑިޖިޓަލް އައިޑީކާޑު ފަރުމާކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. ނަމަވެސް ކުރިއަށް އޮތްތާނުގައި އެކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެގޮތް ވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ވިދާޅުވެއެވެ. އެހެންނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުންނެވެ.
ނެޝަނަލް އައިޑެންޓިޓީ ކާޑާއެކު ތަޢާރަފްކުރާ އީ.ފާސް އެޕްލިކޭޝަނަކީ ރައްކާތެރިކަމުގެ ފީޗަރތައް ވަރުގަދަ އެޕްލިކޭޝަނެއްކަމަށް އެންސީއައިޓީން ވިދާޅުވެއެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެމީހާގެ ޒާތީ މަޢުލޫމާތު، އޮޅުވާލައިގެން އެހެން މީހަކަށް ނުނެގޭނެ ގޮތް ހެދުމަށްކަމަށެވެ. އެގޮތުން ކާޑު ބޭނުންކުރަން ދޫކުރުމުގެ ކުރިން، މީހާ ކަށަަވަރުކުރާނެއެވެ.