ކުޅިވަރު

އޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ބައްސާމް


އޭއެފްސީގެ މެމްބަރު އެސޯސިއޭޝަންތަކުގެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަންކަމުގެ މަޤާމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގެންފިއެވެ.

އޭއެފްސީގެ ކުރިއަށް އޮތް ދައުރަށް އެގްޒެކްޓިވް ކޮމިޓީ އަށް ބައްސާމް އިންތިހާބުވެވަޑައިގަތީ މި މަހު އެއް ވަނަ ދުވަހުގައެވެ. މި މަޤާމާއެކު އޭޝިއާ ފުޓްބޯޅައިގެ މެމްބަރު ހުރިހާ އެސޯސިއޭޝަންތަކެއްގެ ކަންކަން ބެލެހެއްޓުމުގައި ބައްސާމް ހަރަކާތްތެރިވާނެ އެވެ.

މީގެކުރިން ބައްސާމް ވަނީއޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އާ މަޤާމާއެކު އޭނާ ދެން ހަރަކާތްތެރިވާނީ އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނެއްގެ ހައިސިއްޔަތުންނެވެ.

މަޤާމާ ހަވާލުވުމަށްފަހު ބައްސާމް ވިދާޅުވީ މަގާމުގައި ހުރެ ދިވެހި ފުޓްބޯޅަ އަށް އިތުރު ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ. އަދި ހުރިހާ ގައުމެއްގެ އެސޯސިއޭޝަނަކާއި ވެސް ވަރަށް ގާތުން މަސައްކަތް ކުރާނެ ކަމަށާއި މި ފުރުސަތުގެ ސަބަބުން އެހެން ގައުމުތަކާއި ރާއްޖެއާ ގުޅުން ބަދަހިކޮށް ފުޓްބޯޅައިގެ ކަންކަމުގައި ކުރިއަށްދާން ފަސޭހަވާނެ ކަމަށެވެ.