ކުޅިވަރު

ފައިގަތަޅާ ފޯރީގެ ދެވަނަ މުބާރާތް ހުޅުމާލޭގައި ފަށައިފި


ޔުނީކް ސްޕޯޓިންއިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ފައިގަތަޅާ ފޯރި މުބާރާތް ހުޅުމާލޭގައި ފަށައިފިއެވެ.

މުބާރާތުގައި މި އަހަރު 58 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރު ބައިވެރިވީ 32 ޓީމެކެވެ. މިއަހަރުގެ މުބާރާތުގައި އަންހެން 27 ޓީމަކާއި ފިރިހެން 31 ޓީމެއް މުބާރާތުގައި ވާދަކުރާނެ އެވެ މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމް ކެޓަގަރީ ކުރިއަށް ދަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތަކީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ފޯރި ފެންނަ މުބާރާތެކެވެ. ކޮންމެ މެޗެއްވެސް 15 މިނެޓަށް ކުރިޔަށްދާއިރު މި މުބާރާތް ކުރިޔަށްދަނީ ޤަވާއިދުތަކެއް އެކުލަވާލައިގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަޅާފައި ވަނީ 15،000ރ. އެވެ. ރަނާރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000ރ އެވެ. އަދި ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭހެން މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިއެއް ހޮވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ މަގުސަދަކީ ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މި ކުޅިވަރު ކުޅުމުގެ މަގުފަހިކޮށްދިނުމާއި، ކުޅިވަރުގެ ޒަރީއާއިން ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓުކުރުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.