ކުޅިވަރު

މެލޭޝިއާ ބަލިކޮށް ސިންގަޕޫރު ފައިނަލަށް


ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސިންގަޕޫރުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލަށް ސިންގަޕޫރު ދަތުރުކުރީ ހޮނިހިރު ދުވަހު މެލޭޝިއާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މި މެޗު ފަށައިގެން މެލޭޝިއާ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ކޮންފިޑެންސްގައި ކުޅުނު މަންޒަރެވެ. ފުރަތަމަ ސެޅު އެއްކޮށްކަހަލަ ގޮތަކަށް ސިންގަޕޫރުން ވަނީ ފަސް ޕޮއިންޓްގެ ލީޑެއްގައި އޮވެ ކުޅެފައެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-20 އިންނެވެ.

ދެވަނަ ސެޓުގެ ކުރީކޮޅު މެލޭޝިއާއިން އެ ޓީމުގެ ރިސީވް ރަނގަޅުކުރި ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ރިސީވްދަށްވިއެވެ. އެކަމަކު މި ސެޓުގައިވެސް ސިންގަޕޫރުން ފެނިގެންދިޔައީ ކޮންފިޑެންސާއެކު އެޓީމުގެ އެޓޭކުތައް ކާމިޔާބުކުރި މަންޒަރެވެ. މި ސެޓު ސިންގަޕޫރުން ކާމިޔާބުކުރީ 25-14 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގައިވެސް ސިންގަޕޫރު ފެނުނީ ވަރުގަދަ ކޮށެވެ. އެކަމަކު މި ސެޓުގައި މެލޭޝިއާއިން ވަނީ އެ ޓީމުގެ ކުޅުން ކޮންމެސް ވަރަކަށް ރަނގަޅުކޮށްފައެވެ. މި ސެޓު ސިންގަޕޫރުން ކާމިޔާބުކުރީ 25-19 އިންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ލީގު ބުރުގެ ދެވަނަ މެލޭޝިއާ އާއި ދިވެހިރާއްޖެއެވެ. ރާއްޖެއިން ލީގު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. އެ މެޗު މެލޭޝިއާއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.