މ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށާއި ވަށާފާރު ރޭނުމަށް ރިޒާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ރަށްރަށުގައި ހުރި ސިއްޙީ ފަރުވާ ދޭތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެކްސްޓެންޝަން ޢިމާރަތްކުރުމަށް ބަޖެޓުގައި ހިމަނައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ މ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައި ރިޒާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައެވެ.
4.8 މިލިޔަން ރުފިޔާއަށް މިމަސައްކަތް ޙަވާލުކޮށްފައިވަނީ 145 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
Contract signing of M. Maduvvaru HC extension building & Boundary wall Construction.
— Ministry of Health (@MoHmv) February 26, 2023
Contractor: Rizer pvt ltd
Duration: 145 days
Contract value: 4,843,050.48@maduvvaree pic.twitter.com/8LeTRCiFsC
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަޑުއްވަރީ ސިއްޙީ މަރުކަޒުން ވިދާޅުވީ އެތަނަށް އަލަށް އިތުރުކުރެވޭ އިމާރާތުގައި މިހާރުގެ އުސޫލުގެ ދަށުން ސިއްޙީ ފަރުވާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބްލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖްގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި އެ އިމާރަތުގައި އެޑްމިން ބަޔަކާއި ލޯންޑަރީ ބަޔަކާއި ޢާއްމު ސިއްޙަތު ކުރިއެރުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އެޚިދުމަތް މަޑުއްވާރީގައި ފުޅާކުރުމަށްޓަކައި ޕްބްލިކް ޔުނިޓްއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް އެ އިމާރާތުގައި އެމްބިއުލާންސް ބާއްވާނެ ގަރާޖެއްވެސް ހިމެނެއެވެ.
މަޑުއްވަރީ ހެލްތް ސެންޓަރުގައި މިވަގުތު ލެބޯޓަރީއެއް ހުރިނަމަވެސް އެތަނުން އަދި ޚިދުމަތް ނުދެއެވެ. އެހެންނަމަވެސް މޯބައިލް ލެބޯތަރީގެ ޚިދުމަތް ލިބޭކަމަށް ހެލްތް ސެންޓަރުން ވިދާޅުވެއެވެ. ކުރިން 8 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަޑުއްވަރީ ހޮސްޕިޓަލުން މިހާރު 16 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަކަމަށް ހެލްތް ސެންޓަރުން ވިދާޅުވެއެވެ.