ކުޅިވަރު

އޭސީސީ ޗެލެންޖާސް ކަޕް: ބޫޓާން އަތުން ބަލިވެ ރާއްޖެ ކަޓައިފި


އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ބޫޓާން އަތުން ބަލިވެ ގްރޫޕުގެ ހަތަރުވަނަ މަޤާމާއެކު މުބާރާތުން ކަޓައިފިއެވެ.

ރާއްޖެ ކުޅުނު ގްރޫޕްގެ ފަހު މެޗުން ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެ މުބާރާތުން ކެޓިއިރު، ރާއްޖެ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނީ ގްރޫޕްގެ ހަތަރު ވަނަ މަޤާމާއެކު އެއް މޮޅު ހޯދައިގެންނެވެ. ގްރޫޕުން އެއްވަނަ ބަހްރޭނަށް ލިބުނު އިރު ދެވަނަ ޓީމުގެ ޖާގަ ހޯދީ ބޫޓާނެވެ.

ބޫޓާން ސެމީއަށް ދަތުރުކުރީ ބޫޓާނާއި އިރާން އަދި ރާއްޖެ ތިން ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ނެޓް ރަން ރޭޓަށް ބަލާއިރު، ބޫޓާނަށް ކުރި ލިބުމުގެ ސަބަބުންނެވެ. މުބާރާޓުން ރާއްޖެ މޮޅުވީ އީރާން އަތުން އެކަންޏެވެ. އިރާން އަތުން ރާއްޖެ މޮޅުވީ 27 ލަނޑުންނެވެ. ދެވަނަ މެޗުގައި ބަހްރޭން އަތުން ރާއްޖެ ބަލިވީ 292 ލަނޑުންނެވެ.

ތައިލެންޑްގެ އޭއައިޓީގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބޫޓާން ނިންމީ ހޮވާށެވެ. އެ ގޮތުން،ރާއްޖޭން ކުޅެން އަރާ 42.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 105 ލަނޑެވެ. ޖަވާބުގައި ބޫޓާނުން ކުޅެން އަރައި 28.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދައި މެޗުން މޮޅުވި އެވެ.

އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެއް އޭޝިއަން ކަޕް ކޮލިފައިންގެ ދެ ވަނަ މަރުހަލާ ކަމަށްވާ އޭސީސީ ޕްރިމިއާ ކަޕަށް ދާނެ އެވެ. ސެމީ އަށް ވެސް ނުގޮސް ޗެލެންޖާސް ބައިން ރާއްޖެ ކެޓުމާ އެކު، މިއީ ގެއްލިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.