ކުޅިވަރު

ވެލެންސިއާ ބަލިކޮށް ބާސާއިން ލީޑު ފުޅާކޮށްފި


ސްޕެނިޝް ލީގުގައި ވެލެންސިއާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ލީޑު ފުޅާކޮށްފިއެވެ.

ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބާރސާއިން ބޯޅަ ގެންގުޅޭފައިވީ ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ. މިމެޗްގައި ބާރސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާދިނީ ރަފީނިއާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބާރސާއަށް ލިބިގެންދިޔައެވެ. މިގޮތުން މެޗްގެ 55 ވަނަ މިނެޓްގައި އެޓީމަށް ލިބިގެންދިޔަ ޕެނަލްޓީ ފެރާން ޓޯރޭޒްއަށް ކާމިޔާބު ނުކުރެވުނު އިރު އަންސޫ ފާތީ ފޮނުވާލި ހަމަލާއެއްވެސްވަނީ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. މިމެޗްގެ 57 ވަނަ މިނެޓްގައި ބާރސާގެ ރޮނާލްދް އަރައުހޯ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމާއެކު މެޗްގެ ބާކީ ބައި އެޓީމް ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް މިއާއެކުވެސް ވެލެންސިއާއަށް ބާރސާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އަދި މިއާއެކު ބާރސާގެ ކީޕަރ މާކް އެންދަރ ޓަރ ސްޓޭގެން މިވަނީ މިސީޒަންގައި ކުޅުނު 24 މެޗްގެ ތެރެއިން 18 މެޗްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލާފައެވެ.

މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ 24 މެޗުން 62 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ވެލެންސިއާ އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެެވެ.