ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް ފަސް ކިލޯމީޓަރު ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެން ދުވުންތެރިޔާ ޝަރަފު ޝަމްހާ އަޙްމަދު ހޯދައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި މި ރޭސް ޝަމްހާ ނިންމާފައިވަނީ 19 މިނިޓް 15 ސިކުންތުންނެވެ. މިއީ ރާއްޖޭގެ އެތްލެޓިކްސް ތާރީހުގައި 20 މިނެޓްގެ ކުރިން ދިވެހި އަންހެން ދުވުންތެރިއަކު، ފަސް ކިލޯމީޓަރުގެ ރޭހެއް ނިންމި ފުރަތަމަ ފަހަރެވެ.
ދުވުމަށްފަހު ޝަމްހާ ބުނީ 20 މިނިޓަށް ވުރެ އަވަހަށް މި ރޭސް ނިންމި ފުރަތަމަ ދިވެހި އަންހެން އެތުލީޓުގެ ޝަރަފް ލިބުމުން ފަހުރުވެރިވާ ކަމަށާއި އާއިލާއާއި، ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
ރާއްޖޭގެ އަންހެން ދުވުންތެރިންގެ ފަސް ކިލޯމީޓަރުގެ ރެކޯޑް މީގެކުރިން ވެސް އޮތީ ޝަމްހާ އަތުގައެވެ. އެއީ 20 މިނެޓު އަށް ސިކުންތުން ނިންމައިގެންނެވެ. މިއީ ރާއްޖޭގެ އެތްލެޓިކްސް އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.