ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދީ ގަދަ 16 ގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި ބައްދަލުކޮށް ދެ ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު ސުންލަނޑުން ޑޯޓްމުންޑް ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ދެ ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޑޯޓްމުންޑުން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށް ހަމަހަމަ ކޮށެވެ. މިމެޗްގައި ޗެލްސީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާދިނީ ރަހީމް ސްޓަރލިންގއެވެ. އަދި އެގްރިގޭޓް ނަތީޖާއިން ޗެލްސީއަށް ލީޑު ލިބިގެންދިޔަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒްއެވެ. ވީއޭއާރުން ބެލުމަށްފަހު ދިން މިޕެނަލްޓީ އާމދު ޑޯޓްމުންޑުން ހިތްހަމަ ނުޖެހުނު އިރު ކައި ހަވާޓްޒް ޖެހި ފުރަތަމަ ޕެނަލްޓީ ގޯލް ދަނޑީގައި ޖެހިފައި ނިކުންއިރު މިޕެނަލްޓީ ދެވަނަ ފަހަރަށް ޖަހަން ރެފްރީ އެންގުޟާއެކު ޑޯޓްމުންޑްގެ ހިތްހަމަ ނުޖެހުން އިތުރު ވެގެންދިޔަތަން ފެނިގެންދިޔައެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު ޗެލްސީ ޗެމްޕިއަންސް ލީގުގެ ފަހު އަށް ޓީމްގެ ތެރެއިން ޖާގަހޯދާފައިވާއިރު އެޓީމްގެ ކޯޗް ގްރަހަމް ޕޮޓަރއަށް ފަހަކަށް އައިސް ކުިމަތިވެފައިވި ޕްރެޝަރަރވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.