ކުޅިވަރު

ޓްރެއިލް ބްލޭޒާސް އަތުން ބޮސްޓަން ސެލްޓިކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ސެލްޓިކްސްއިން ކާމިޔާބުކޮށްފައިވަނީ 115 ޕޮއިންޓް 93 ޕޮއިންޓުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމް ވަނީ 30 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒަރސްގެ ޑެމިއަން ލިލާޑް ވަނީ 27 ޕޮއިންޓް ހޮދާދީ 5 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކްލީވްލަންޑް ކެވެލިއަރސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 104 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. މިމެޗްގައި ކެވެލިއަރސްގެ ޑާރިއަސް ގާލަންޑް ވަނީ 25 ޕޮއިންޓް ހޯދާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ހީޓްގެ ޖިމީ ބަޓްލަރ ވަނީ 28 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ޑެންވަރ ނަގެޓްސް ވަނީ ޝިކާގޯ ބުލްސް އަތުން 117 ޕޮއިންޓް 96 ޕޮއިންޓުން ބަލިވެފައެވެ. މިމެޗްގައި ބުލްސްގެ ނިކޮލާ ވުސެވިޗް ވަނީ 25 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 18 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ފީނިކްސް ސަންސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗް 132 ޕޮއިންޓް 101 ޕޮއިންޓުން ސަންސް ކާމިޔާބުކުރިއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ.