އިންޑިއަން ވެލްސް ޓެނިސް މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް މުބާރާތުގެ ދެވަނަ ބުރުން ބަލިވެއްޖެއެވެ.
އޭނާ ބަލިވެފައިވަނީ އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަން އާއި ބައްދަލުކުރިމެޗުން ދެސެޓް އެއް ސެޓުން ނެވެ.
މިމެޗް ތޮމްޕްސަން ކާމިޔާބުކޮށްފައިވަނީ ހަތެއް ހަތެއް، ހަތަރެއް ހަތެއް އަދި ހަތެއް ހަޔަކުންނެވެ. މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ނޯވޭގެ ކެސްޕަރ ރުޑް އާއި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްސްމަން ބައްދަލުކުރިމެޗް ސީދާ ދެސުން ކާމިޔާބު ކުރީ ރުޑްއެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.
މީގެއިތުރުން އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ޗައިނީސް ޓައިޕޭގެ ޓުންގް ލިން ވޫ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ނޯރީއެވެ. މިމެޗް ނޯރީ ކާމިޔާބުކުރީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. ތިންވަނަ ބުރުގައި ނޯރީ ބައްދަލުކުރާނީ އިޓަލީވިލާތުގެ މެޓިއޯ ބެރެޓީނީ އާއި ޖަޕާންގެ ޓާރޯ ޑެނިއަލް ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.
އަންހެނުންގެ ބަޔަށް ބަލާލާއިރު އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަން އަރީނާ ސަބަލެންކާ އާއި ރަޝިޔާގެ އެވްގެނިޔާ ރޮޑީނާ ބައްދަލުކުރިމެޗް ހައެއް ދެއެއް އަދި ހައެއް ސުމަކުން ކާމިޔާބުކުރީ ސަބަލެންކާއެވެ. ސަބަލެންކާ ތިންވަނަ ބުރުގައި ބައްދަލުކުރާނީ ޔޫކްރެއިންގެ ލެސިއާ ސުރެންކޯ އާއެވެ.