ފައިނަލުގައި ކަލާފާނު ސްކޫލު ފަސޭހަކަމާއެކު ބަލިކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދީ 7-1 ގެ ނަތީޖާއަކުން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިސްކަންދަރު ސްކޫލުން ހަތަރު ލަނޑުގެ ލީޑެއް ނެގިއިރު، ދެވަނަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ކަލާފާނުގެ ހަމައެކަނި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގައި އިސްކަންދަރުން ޖެހި ހަތް ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުހައްމަދު އިލާން އިމްރާން އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ލާމިހު އިމްތިޔާޒް އާއި ކާއިން އަބްދުލް ފާއިޒް އެވެ. މި ފަހަރުގެ މުބާރާތުގައި އިސްކަންދަރު ޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ލިބުނު ޕެނަލްޓީއަކުން ކަލާފާނުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު އަފްނާން އަލީ އެވެ މިފަހަރުގެ 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ކުޅުނު ހަ މެޗުގައި ވެސް ގިނަ އަދަދެއްގެ ލަނޑުތަކެއް ޖެހިއެވެ. އެގޮތުން އެ ޓީމު ހަ މެޗުން މޮޅުވިއިރު، 86 ގޯލު ޖަހައިފަ އެވެ.
މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން އިސްކަންދަރުގެ ކޯޗު، ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) ބުނީ މިއީ ޓީމެއްގެ ސިފައިގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފެނިގެންދިޔަ ތަފާތެއް ކަމަށެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އިމާދުއްދީން ސްކޫލް އެވެ. މި ފަހަރުގެ 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެވެ. މީ