ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއާ މެދު ކަނަވާރޯގެ ބޮޑު އުންމީދެއް


ކުޅިވަރު ތަރިންގެ އަގުވަޒަންކުރުމަށް އެވޯޑެއް ދިނުން މުހިންމު ކަމަށާއި ރާއްޖޭގެ ފުޓްބޯޅައަށްވެސް މަސައްކަތް ކުރާނަމަ ކުރިއެރުން ހޯދޭނެ ކަމަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މެހެމާނެއްގެ ގޮތުގައި ރާއްޖެ އައި އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، ކަނަވާރޯ އަށް މިދިޔަ އަހަރު ވެސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމުގެ ދައުވަތު ލިބުނެވެ. އެކަމަކު، އޭރު ކަންތައްތައް ހުރި ގޮތުން ބައިވެރިނުވެވުނު ނަމަވެސް، މި ފަހަރުގެ އެވޯޑް ހަފްލާގެ ދައުވަތު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތުން ލިބުމާ އެކު، އެ ގަބޫލުކުރަން ނިންމީ ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެވެ.
ކަނަވާރޯ، އިއްޔެ ވަނީ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް އާއިލާއާ އެކު ރާއްޖެ އަތުވެފަ އެެެވެ.

ރާއްޖެ އައުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ކަނަވާރޯ ބުނީ މިއީ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި މި ކަހަލަ ދައުވަތެއްގައި ފުރަތަމަ އާދެވުނީތީވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދިމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ވަރަށް މުހިންމު އިވެންޓެއް ކަމަށާއި މި ފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ފުރުސަތު ލިބުމުން މިހުރީ ކެތްމަދުވެފައި ކަމަށް ބުންޏެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އޮންނާނީ މާދަމާރޭ 20:30 ގައި ކުޅިވަރު އެކުވެނި ދަނޑުގަ އެވެ