އަންނަ މާލީ އަހަރު މުވައްޒަފުންގެ މުސާރަ %3.8 އަށް ބޮޑު ކުރުމަށް ޖަޕާނުގެ ބޮޑެތި ކުންފުނިތަކުން އެއްބަސްވެފައިވާ ކަމަށް އެ ޤައުމުގެ ޓްރޭޑް ޔޫނިއަން، ރެންގޯ އިން ބުނެފިއެވެ. މިއީ ގާތްގަނޑަކަށް 30 އަހަރު ތެރޭގައި ޖަޕާނުގެ މުވައްޒަފުންގެ މުސާރަ މިހާ ބޮޑުކުރި ފުރަތަމަ ފަހަރެވެ.
ރެންގޯއާއި ގުޅުން ހުރި 805 ޔޫނިއަނަކުން ބައިވެރިވެ، ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޖަޕާނުގެ މުވައްޒަފުންގެ މުސާރައަށް އެވްރެޖްކޮށް މަހަކު 89 އެމެރިކާ ޑޮލަރު ބޮޑުވެއެވެ.
އެވްރެޖްކޮށް %3 އަށް ވުރެ ބޮޑަށް މުސާރަ ބޮޑުވުމަކީ 1994 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހާސިލް ކުރެވޭ ކަމެއް ރެންގޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. ނަމަވެސް މި ދިރާސާ ކޮށްފައިވާ ގޮތުން 2013 ވަނަ އަހަރުގެ ކުރީގެ ހިސާބުތަކާއި މި ދިރާސާ އިން ލިބިފައިވާ ހިސާބުތަކާއި އަޅާކިޔުން ވަނީ އުނދަގޫވެފައެވެ.
ޖަޕާނުގެ އެންމެ ބޮޑެތި ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމި މި ނިންމުމަކީ އެތައް ދުވަހަކަށް ފަހު ނިންމި ވަރަށް އެދެވޭ ނިންމުމެވެކެވެ. އަދި މިގޮތަށް ނިންމާފައި ވަނީ ދިރިއުޅުމުގެ ހަރަދު ބޮޑުވާ މިންވަރު ފޫބައްދަން މުވައްޒަފުންނަށް ދޭ އުޖޫރަ ބޮޑު ކުރުމަށް ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
މުސާރައަށް ގެންނަ އިތުރު އެހެން ބަދަލުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ރެންގޯ ހާމަކުރަމުން ދާނެއެވެ.