ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްގެ އެހީ ޔޫކްރެއިނަށް


15.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ޔުކްރެއިނާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް،އައިއެމްއެފްއިން ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުން މި އެހީ ދިނުމަށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފާސްކުރާނެކަމަށް ބެލެވެއެވެ.

އައިއެމްއެފްއިން ދޭ މި އެހީގެ ފައިސާއަކީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ޔުކްރެއިންއަށް ލިބޭ އެންމެ ބޮޑު އެހީއެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އައިއެމްއެފްއިން ލޯނު ދިނުމާބެހޭ ސިޔާސަތާއި އެއްގޮތަށް ކަމަށާއި، ޖީ7 ގައުމުތަކާއި ޔޫރަޕް އިއްތިހާދު، އީޔޫ ހިމެނޭ ގޮތަށް ޑޯނަރުންގެ ފަރާތުން މާލީ ޔަގީންކަން ލިބޭނެކަމަށް ބެލެވޭ ކަމަށްވެސް އައިއެމްއެފްގެ އޮފިޝަލުން ބުނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގްވާމީ ޑޯނަރުންނާއި ޕާޓްނަރުންގެ ފަރާތުން ޔޫކްރޭނަށް \ބޮޑެތި ލުއި މާލީ ފަސޭހަތަކެއް ވާނެ ކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ. ގްރޭ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމިހަލް ވިދާޅުވި ގޮތުގައި މި އެހީގެ ސަބަބުން އެގައުމަށް މުހިންމު ހުރިހާ ހަރަދަކަށް ފައިސާ ލިބި، މެކްރޯ އިގްތިސާދީ ހަމަޖެހުން ކަށަވަރުކޮށްދީ، ބައިނަލްއަގްވާމީ އެހެން ބައިވެރިންނާއިއެކު މުއާމަލާތްތައް ހަރުދަނާ ކުރެވޭނެއެވެ.

މިދިޔަ މަހު ޔޫކްރޭނަށް ދަތުރުފުޅު ކުރެއްވި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވީ މި އެހީގެ ސަބަބުން ޔޫކްރޭންގެ އިސްލާހީ މަސައްކަތްތަކަށް ބާރުއެޅުމަށް ބޮޑު އަމާޒެއް އޮތް ކަމަށާއި އަދި މިއީ އެކަށީގެންވާ ޝަރުތުތަކެއް އެކުލެވޭ އައިއެމްއެފް ޕްރޮގްރާމެއް ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާއިން ޔޫކްރޭނަށް އިތުރު ބައި ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާނެކަން އިއުލާން ކުރައްވާފައެވެ. މިދިޔަ އަހަރު އެކަނިވެސް އެމެރިކާގެ ކޮންގްރެސްއިން ވަނީ ޔުކްރޭނަށް 112 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައެވެ.