އެމެރިކާގެ އޮޓޯ ވެހިކަލް އުފައްދާ ކުންފުނި ފޯޑު މޮޓޯއިން އެމެރިކާގެ ހުޅަނގު ޓެނެސީގައި ހަދަމުންދާ ބްލޫއޯވަލް ސިޓީ ކޮމްޕްލެކްސްގައި އަހަރަކު 5 ލައްކަ އިލެކްޓްރިކް ކާރު އުފައްދަން ރާވާފައިވާކަމަށް ފޯޑުން ބުނެފިއެވެ.
ބްލޫއޯވަލް ސިޓީން ފޯޑްގެ އެފް ސީރީޒް އިލެކްޓްރިކް ޕިކަޕްގެ ބައެއް ވަރޝަންތައް އެސެމްބްލް ކުރާއިރު، މިއަށް ކުންފުނިން ދީފައިވާ ނަމަކީ ޕްރޮޖެކްޓް ޓީ3 އެވެ.
އެ ކާރުހާނާގައި ބޭއްވި އިވެންޓެއްގައި ފޯޑްގެ ސީއީއޯ ޖިމް ފާލީ ވިދާޅުވީ ޓްރަކްތައް އުފައްދަން ފެށޭނީ ގާތްގަޑަކަށް 30 މަސް ފަހުން 2025 ވަނަ އަހަރު ތެރޭގައިކަމަށެވެ.
އާދައިގެ ކޮމްބަސްޝަން އިންޖީނުގެ އެފް ސީރީޒް ޓްރަކްތަކުގެ މައްޗަށް ބިނާކޮށް އުފައްދަމުން އަންނަ އިލްކްޓްރިކް ޕިކަޕް މިހާރު އުފައްދަމުން އަންނަނީ މިޝިގަންގެ ޑާރބަންގައި ހުންނަ ފޯޑްގެ މައި އޮފީހާއި ކައިރީގައެވެ. އަދި މިއީ އެފް150 ލައިޓްނިންގެ ސީކުއެލްއެއް ކަމަށްވެސް އެ ހަފްލާގައި ދެއްކި ވީޑިއޯ އެއްގައި ބުނެފައިވެއެވެ.
ފޯޑުން ބުނިގޮތުގައި ބްލޫއޯވަލް ސިޓީގައި އާންމު އެސެމްބްލީ ފުޓްޕްރިންޓުގެ ގާބިލުކަން ބޮޑުވާނެއެވެ. މިހާރު ހުރި ގިނަ އޮޓޯ ކާރުހާނާތައް ފަރުމާކޮށްފައިވަނީ އަހަރަކު 250،000 އާއި 300،000 ދެމެދުގެ ވެހިކަލް އުފެއްދުމަށެވެ.
ފޯޑްގެ ޕްރޮޖެކްޓް ޓީ3 ޕިކަޕް ތަރައްގީކުރަމުން އަންނަނީ އާ ޑެޑިކޭޓެޑް އީވީ ޓްރަކް އަރކިޓެކްޗާއެއްގެ މައްޗަށެވެ. ޓެނެސީގެ ކާރުހާނާގެ އިތުރުން މެމްފިސްގެ އުތުރުގައި ހުންނަ ސްޓެންޓަން ކާރުހާނާއަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 2 މިލިއަން އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ގާބިލުކަން ހޯދުމަށް ފޯޑުން ކުރާ މަސައްކަތުގެ ބައެކެވެ.