ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޔޫއޭއީއަށް


ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޔޫއޭއީއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ޚާރިޖީ ވަޒީރު ޝައިޚު ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާންގެ ދައުވަތަކަށް ވަޒީރު ދުންޔާ ކުރައްވާ ދަތުރުފުޅެއްކަމަށްޚާރިޖީ ވުޒާރާއިން ހާމަކުރައްވައެވެ. މިދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ދުންޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް ޔޫ.އޭ.އީގެ ރައީސަށް އަރުއްވާނެއެވެ. އަދި ޔޫ.އޭ.އީގެ ޚާރިޖީ ވަޒީރާ ބައްދަލްކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން މައުލޫމާތުދެއްވައެވެ.

ރާއްޖެއިން ޔޫ.އޭ.އީއަށް ކަޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ޢަބްދުﷲ ޙާމީދު ޚާރިޖީ ވަޒީރުގެ އަރިހުގައި ޔޫއޭއީއަށް ވަޑައިގެންނެވިއެވެ.