ޚަބަރު

ބްރިޖު އެކްސިޑެންޓުގައި އަނިޔާވި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ


ސިނަމާލޭ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ބްރިޖްގެ މާލެ ލައިޓުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.

މިތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައެވެ. އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައިކަމަށެވެ. އެހެންނަމަވެސް އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ދެއްވާފައި ނުވެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 3 މީހުންގެ ތެރެއިން 47 އަހަރުގެ ފިރިހެން މީހާއާއި، 31 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ސެނެހިޔާ ހޮސްޕިޓަލުގައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަޙްޤީގު ކުރަމުންނެވެ.