އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އީޕޯޓަލް އަލުން ބޭނުންކުރަން ފަށައިފިއެވެ.
މި ޕޯޓަލް ބޭނުންކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި ޕޯޓަލްއަކީ ބަލި މީހުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް ތަޢާރަފްކޮށްފައިވާ ޕޯޓަލްއެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މިގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށްފަހު މި ޕޯޓަލްއަށް ލޮގިން ކޮށްލެވޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މެޑިކަލް ރެކޯޑު ބަލާލެވުމާއި، ލެބް ރިޕޯޓުތައް ބަލާލެވުމާއި، ބޭސް ސިޓީވެސް ނެގޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.
އައިޖީއެމްއެޗަކީ ގިނަ ޢަދަދެއްގެ ބަޔަކު ސިއްހީ ޚިދުމަތަށް ބަރޯސާވާ ސަރުކާރުގެ މައި ހޮސްޕިޓަލެވެ. ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ހޮސްޕިޓަލުން ވަނީ މިއަހަރުގެ ތެރޭ ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ ބޭސްތައް ނަގަން ބޭސް ސިޓީ އައު ކުރަން ޚާއްސަ ފޮއްޓެއްވެސް ބަހައްޓާފައެވެ.
ލެބޯޓަރީ ރިޕޯޓުތަކާއި ބޭސް ސިޓީތައް އީ-ޕޯޓަލް އިން ބެލޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ. މިކަމުގެ ސަބަބުން ބަލިމީހުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް މި ހޮސްޕިޓަލުން ޤަބޫލުކުރަން. ތިރީގައިވާ ލިންކުން އީ-ފާސް މެދުވެރިކޮށް މެޑިކަލް ރެކޯޑްސް ފެނިވަޑައިގަންނަވާނެ. pic.twitter.com/lEVKYeO6gS
— IGMH (@igmhmv) April 13, 2023
މި "ޑްރޮޕް ބޮކްސް" ހުންނާނީ އެ ހޮސްޕިޓަލްގެ އިންފޯމޭޝަން ކައުންޓަރުގައެވެ. އަދި މި ފޮއްޓަށް ވައްޓާލާ ބައު ބޭސް ސިޓީގައި ބަދަލުގައި ހައްދާ އައު ބޭސް ސިޓީ ޖެހިގެން އަންނަ ދުވަހު ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.