ޚަބަރު

އައްޑޫ ސިޓީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


ގެއްލިގެން ހޯދަމުންދިޔަ އައްޑޫ ސިޓީގެ ވިޔަފާރިވެރިޔަކު ސ. ހިތަދޫ ވަލުތެރޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ ބުރުނީ އަލީ އަބްދުﷲ އެވެ. ފުލުހުން ވިދާޅުވީ އުމުރުން 47 އަހަރުގެ މި މީހާ މަރުވެފައި އޮއްވާ ފެނުނީ އެނާ ގެއްލިގެން މިއަދު ހެދުނު ފުލުހުންނަަށް ހުށައެޅި ރިޕޯޓަކާއިކައި ގުޅިގެން އެނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެނާ ފެނުނީ ހިތަދޫ ސްކޫލާއި ދިމާލުން ވަލުތެރޭގައި މަރުވެފައި އޮއްވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެމީހާގެ މަރާއި ގުޅިގެން ޑޮކްޓަރުން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.