ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އަލް ބުރޫޖު ޖަމާޢަތުގެ ޙަވާލުގައި އަލް ބުރޫޖު ޖަމާޢަތުގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން ޒަކީ ނިޔާވެފައިވަނީ ރޭ މައްކާ ގަޑިން 12 ޖަހާ އެހާކަށް ހާއިރުއެވެ. ޒަކީގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްހު މައްކާގެ މަސްޖިދުލް ޙަރަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޒަކީ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށް ފަހު، އިތުރު އުމުރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިނުން އިހުރާމް ބަނދެގެން އައިސް، މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ. މި ދަތުރުގައި ޒަކީއާ އެކު އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިންގެ އިތުރުން އަންހެން ދަރިއަކާއި ދެ ދަނބިދަރިން ބައިވެރިވެފައިވާ ކަމަށް ވެސް އަލް ބުރޫޖު ޖަމާއަތުން ހާމަކޮށްފައިވެއެވެ.