ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގެ މެޑަލް 5 ފުލުހަކަށް


ފުލުހުންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ ޝަރަފުވެރި ކުލައާއި، މެޑެލް، ފަސް ފުލުހަކަށް އަރުވައިފިއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޝަރަފުވެރި މެޑެލްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ކުލަ ހަތް ފުލުހަކަށް ވަނީ އަރުވާފައެވެ. އަދި ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ދީފައިވާ ޢާންމު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ 10 ފަރާތަކަށް އަރުވާފައިވާއިރު، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ހަނދާނީ ރަން ފިލާ ތިން މީހަކަށް އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކުލައާއި މެޑަލް ލިބޭ ފުލުހުންނަށް އެ ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ މެޑަލް ލިބިވަޑައިގެންނެވި ފުލުހުން

- އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ރަޝީދު
- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަލީ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކުލަ ލިބިވަޑައިގެންނެވި ބޭފުޅުން

- އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން ޙަލީމް
- ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢާތިފް
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ޒާހިރު
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުލް މަތީން ޢަބްދުލް ކަރީމް
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޝަރީފް

މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާރުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި 7 ބޭފުޅަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި ބޭފުޅުން

- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މޫސާ
- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން މަސްރޫރު
- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާޢު
- ސީނިއަރ ސަރޖަންޓް ޝުޒައިލް މުޙައްމަދު
- ސަރޖަންޓް ޢަބްދުﷲ ޝަހުނީޒް
- ސަރޖަންޓް އަޙްމަދު އާލަމް
- އިންޓެލެޖެންސް އެނަލިސްޓް ގްރޭޑް 3 ހަލީމަތު ރަޝީދާ

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް 45 އަހަރު ޚިދުމަތް ކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ހުސެއިން ޝާކިރު އާއި، 40 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަބްދުލް ޝަކޫރް އަބްދުﷲ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރިޓަޔަރޑް އިބްރާހިމް ޚަލީލް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ސަމަދު އިސްމާއިލަށްވެސް ހަނދާނީ ފިލާ އަރުވާފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުނީ، 29 މާރިޗު 1933ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.