ޚަބަރު

ގޮއިދޫ ސްކޫލްގެ ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


  • މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯލްސީ ޕްރައިވެޓް ލިމިޓެޑާއި

  • މަސައްކަތް ޙަވާލުކުރީ 160 ދުވަސްތެރޭ ނިންމާގޮތަށް

  • 3.3 މިލިއަން ރުފިޔާ ޚަރަދުވޭ

ބ. ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ ޢިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކުރެއްވީ ވޯލްސީ ޕްރައިވެޓް ލިމިެޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 160 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ ޢިމާރާތުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢަށް 3.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގޮއިދޫ ސްކޫލުގެ ސްޓާފްރޫމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަފާފް ސައީދެވެ.