ޚަބަރު

"އެމަރޮން" ބެޓަރި ވިއްކާ ޚާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި


އެއްގަމު އުޅަނދުފަހަރުގައި ބޭނުންކުރާ އޮޓޯމޭޓިވް ބެޓަރިއެއްކަމަށްވާ "އެމަރަން" ބެޓަރި ވިއްކާ ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

އެކި ބާވަތުގެ އެއްގަމު އުޅަނދު ފަހަރުގައި ބޭނުންކުރާ "އެމަރަން" ބެޓަރިއަކީ އިންޑިއާގެ އަމަރާ ރާޖާ ކުންފުނީގެ ބްރޭންޑެކެވެ.

އާންމުންގެ މެދުގައި މަޤްބޫލް އެމެެރަން ބްރޭންޑްގެ ބެޓަރި މާލޭގައި ހުޅުވި ފިހާރަ ހުންނަނީ ބަނަފްސާ މަގުގައި ގަލޮޅު ބޯޅަދަނޑު ކައިރީގައެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވާދެއްވީ އެމެެރަންގެ ހެޑް އޮފް ސޭލްސް (އިންޑިޔާ އެންޑް ސާކް) މަނީޝް ތޫލީއެވެ.

މި ފިހާރައިން ރާއްޖޭގައި ދުއްވާ ހުރިހާ ވައްތަރެއްގެ އެއްގަމު އުޅަނދުތަކާއި ގުޅޭ ފެންވަރު ރަނގަޅު ބެޓެރި ލިބެން ހުންނާނެކަމަށް އެ ފިހާރައިން ބުނެއެވެ. މިގޮތުން ފިހާރައިން އޮޓޯ ގިޔަރު ސައިކަލުތަކަށް ބޭނުންވާނޭ ކުދި ބެޓަރިތަކުން ފެށިގެން ބަނދަރު ހެދުންފަދަ ބޮޑެތި މަޝްރޫޢުތަކުގެ ސައިޓްތަކަށް ބޭނުންކުރާ ހައިމާކާއި ލޮރީފަދަ ވެހިކަލްތަކަށް ބޭނުންވާނޭ ބެޓަރިވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމުގައި އެމަރޮންއިން ވަނީ ބުނެފައެވެ.

އެމަރޮންއިން އަންނަނީ ރާއްޖޭގެ އިތުރުން 45 ޤައުމެއްގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވައި އަމަރޮން ބެޓަރި ވިއްކަމުންނެވެ. މާލޭގައި އިތުރުން ހުޅުމާލެއާއި ތިލަފުށީގައިވެސް އެމަރޮންގެ ފިހާރަ ހުރެއެވެ.