ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އެޕާޓިގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސަވައިފިއެވެ.
ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އަމީން އިބްރާހީމް ހަމަޖެއްސެވިކަން އެޕާޓީން ވަނީ އިޢުލާންކޮށްފައެވެ. ޤާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް މަޝްވަރާކޮށް ގިނަ ބޭފުޅުންތަކަށް ފުރުޞަތު ދެއްވިނަމަވެސް، އެއްބަސްވުމަކަށް ނާދެމުވުން އެޕާޓީގެ ތެރެއިން ބޭފުޅަކަށް ފުރުޞަތު ދެއްވަން ނިންމެވީއެވެ.
އަމީން އިބްރާހީމް ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކަމާއި، ކުރީ ސަރުކާރުތަކުގައި އެހެނިހެން އިސް ބައެއް މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.
މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރަން ނުވަތަ އިންތިޚާބުގައި އެޕާޓީ ވަކިން ވާދަކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން އެއް ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއި، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓިއާއެކު ވަނީ މަޝްވަރާވެސްކޮށްފައެވެ. ނަމަވެސް އެކަމުގައި ގޮތެއް ނުނިމި ޖުމްހޫރީ ޕާޓިން ނިންމީ ވަކިން އިންތިޚާބުގައި ވާދަކުރުމަށެވެ.