ކުޅިވަރު

އައިއޯއައިޖީ 2023: ސެމީގައި މަޑަަގަސްކަރަ އަތުން ޓެނިސް ޓީމު ބަލިވެއްޖެ


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓެނިސް ޓީމު އިވެންޓުގެ ސެމީ ފައިނަލުން ރާއްޖޭގެ ޓީމު ބަލިވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ސެމީގައި ރާއްޖޭގެ ޓެނިސް ޓީމު ނުކުތީ މަޑަގަސްކަރައާ ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

އެގޮތުން ފިރިހެން ސިންގަލްސް މެޗުގައި ރާއްޖޭގެ ޤައުމީ ޗެމްޕިއަން މުޙައްމަދު ފާއިހް ފަޒީލް (ފާއީ) ވާދަކުރިއިރު، އެ މެޗުން ފާއީ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 6-4 އަދި 6-2 އިންނެވެ.

އަދި ދެވަނައަށް ކުޅުނު އަންހެން ސިންގަލްސް މެޗުގައި ރާއްޖޭގެ ޓެނިސް ތަރި ނަބާ ނިޝާން ވާދަކުރިއިރު، އެ މެޗުންވެސް އޭނާ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 6-0 އަދި 6-0 އިންނެވެ.

މި ނަތީޖާއާއެކު މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޓެނިސް ޓީމު ވާދަކުރަން ޖެހޭނީ މޮރިޝަސްއާ ދެކޮޅަށެވެ.