އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެދިވަޑައިގެންފިއެވެ.
މިއަދު 14:3އާ ހަމައަށް ށ. އަތޮޅުން ފެށިގެން ޅ. އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެއިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/i42TR7IaZQ
— Maldives Meteorology (@MetMaldives) October 1, 2023
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅު ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓްވެސް ނެރެފައިވަނީ މިއަދުގެ 14:00 ޖެހުމާ ހަމައަށެވެ. އެ އިދާރާއިންވަނީ މިއަތޮޅުތަކަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާބެހޭ އިދާރާއިން ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތުތަކުގައި އުޑުމަތި ކޮންމެވެސް ވަރަކަށް ސާފުވާނެކަމަށެވެ. ނަމަވެސް
ކުރިއަށް އޮތް 24ގަޑިއިރުވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.
އެގޮތުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ގަޑިއަކު 8 މޭލާއި 18 ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.