ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ފަށައިފއެވެ.
ފުލުހުންގެ ޚިދުމަތުންވަނީ އެކަމާއިގުޅޭ ވީޑިއޯއެއްވެސް އާއްމުކުރައްވާފައެވެ. އެވީޑިއޯއިން ފެންނަ މީހާއަކީ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހޯދަންބޭނުންވާ މީހެއް ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ހާމަކުރައްވާފައެވެ. އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށްވެސްވަނީ ހާމަކުރައްވާފައެވެ.
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީhttps://t.co/JycPDUqv7L pic.twitter.com/Xekdtd7peu
— Maldives Police (@PoliceMv) October 9, 2023
މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަ ފުލުހުންވަނީ އެދިވަޑައިގެންފައެވެ.