ޚަބަރު

ފަލަސްތީނަށް އެހީވާން މަމްސް ޖަމުޢިއްޔާގެ ހަރަކާތްތަކެއް


  • ފަންޑުރައިޒް ކުރިއަށްދާނީ 14:00 އިން އިރުއޮއްސި 18:00އަށް

  • އިވެންޓް އޮންނާނީ ހުޅުމާލެ ރުއްގަނޑު 1 ގައި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް މަމްސް ޖަމުޢިއްޔާއިން އިސްނަގައިގެން މިއަދު ފަންރައިޒިން އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ. "މޯލްޑިވިއަން ވިމެން ވިތު ފަލަސްތީން" ނަމުގައި ބާއްވާ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 14:00 އިން އިރުއޮއްސި 18:00 އާހަމައަށެވެ. މި އިވެންޓް އޮންނާނީ ހުޅުމާލެ ރުއްގަނޑު 1 ގައެވެ.

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޖަންބަލް ސޭލެއް ގޮތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއިވެންޓްގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އަދި ފައިސާ ހޯދުމަށް މި އިވެންޓް އޮންނަ ސަރަހައްދުގައި ފުޑް ކޯނާރއެއް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ އެކިކަހަލަ ކުޅިވަރުތައް މިސަރަހައްދުގައި ކުޅެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ނިނަމާފައެވެ.

މަމްސް ޖަމްޢިއްޔާއިން ވަނީ މިއިވެންޓުން ލިބޭ ފައިސާ ފަލަސްތީނަށް އެހީ ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައެވެ. މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ހުޅުވާފައިވާއިރު، މި ފަންޑަށް ގިނަ ފަރާތްތަކުން ދަނީ ފައިސާ ހަދިޔާކުރަމުންނެވެ. އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި އަޑުއުފުލަމުންނެވެ.