ޚަބަރު

ތަޣައްޔަރުވެފައިވާ ޗީޒެއް ނުވިއްކުމަށް އިލްތިމާސްކޮށްފި


  • ޒަރާސީމު ހުރި ޗީޒްއަކީ ފްރާންސްގެ އުފެއްދުމަށް

  • މިއުފެއްދުމަކީ މިމަހުގެ 3 ވަނަ ދުވަހު މުއްދަތު ހަމަވާ ޗީޒްއެއް

އީކޮލައި ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ރާއްޖެ އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެފްޑީއޭން ވިދާޅުވީ ތަޣައްޔަރުވެފައިވާ ފަރަންސޭސީވިލާތުގެ ޗީޒްއެއް ރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އަދި ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑްއިން ހާމަކުރައްވާފައިވާކަމަށެވެ. އެހެންކަމުން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހިރާސްތައް އޮތް މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރައްވަމުންގެންދަވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.

އެމްއެފްޑީއޭއިންވަނީ ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ބާޒާރުގައި މިބާވަތުގެ ޗީޒް ނުވިއްކުމަށް އިލްތިމާސްކުރައްވާފައެވެ. މިބާވަތުގެ ޗީޒްގެ ތަޣައްތަރުވެފައިވާ ޗީޒްގެ ބެޗްގެ މުއްދަތު މިމަހުގެ 3 ވަނަ ދުވަހު ހަމަވާކަމަށްވެސް މި ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.