ޚަބަރު

ދިވެހިބަހުގެ އެކެޑަމީ ހިންގުމުގައި ހުރި ދަތިތަކާގުޅޭގޮތުން މަޝްވަރާކޮށްފި


  • އެކެޑަމީ ހިންގުމުގައި މިހާރު ހުރި ދަތިތައް ވަޒީރު އޮޅުންފިލުއްވި

  • ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރި

ދިވެހިބަހުގެ އެކެޑަމީއާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ކައުންސިލް މެންބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެ އެކެޑަމީގެ ކަންކަން ފަސޭހަކުރުމަށްޓަކައި ވުޒާރާއިން ކުރައްވަން ނިންމަވާފައި ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކެޑަމީ ހިންގުމުގައި މިހާރު ހުރި ދަތިތަކަކީ ކޮބައިތޯ ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢުއަށް ދިވެހިބަހުގެ އެކަޑެމީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި މިކަމުގައި ބަހުގެ އެކެޑަމީއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެކެޑަމީއިން ވަނީ ވަޒީރަށް ދެއްވާފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބާއްވަވާ ހަރަކާތްތައް މިއަށްވުރެ ކުލަގަދަކޮށް ފާހަގަ ކުރުމާއި، ދަރިވަރުންނަށް ލިބޭ އިނާމުތައް ރަނގަޅު ކުރެވޭނެ ގޮތްތަކާގުޅޭ ގޮތުންވެސް މި ބައްލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.