އަންނަ އަހަރު އެމިރިކާގައި އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި 2016 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ޗިލީ އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.
އެމެރިކާގެ މިއަމީގައި ކުރިޔަށްދިޔަ ގުރުއަތުލުމުގެ ރަސްމީއްޔާތުގައި އާޖެންޓީނާ އާއީ ޗިލީ ލައްވާލީ ގުރޫޕް އޭގައެވެ. ދެން މިގުރޫޕްގައި ޕެރޫ ހިމެނޭއިރު މި ގުރޫޕްގައި ދެން ހިމެނެނޭ ކެނެޑާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ކުޅެގެން ކޮލިފައިވާ ޓީމެކެވެ. މުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ މެކްސިކޯ އަދި ޖެމެއިކާގެ އިތުރުން އިކުއޭޑޯ އާއި ވެނެޒުވޭލާއެވެ.
މުބާރާތުގެ ގޫރޫޕް ސީ ގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު އެމެރިކާ އާއި އުރުގުއާއީގެ އިތުރުން ޕެނެމާ އާއި ބޮލީވިއާއެވެ. މުބާރާތުގައި ބްރެޒިލް ލައްވާލީ ނިސްބަތުން ވަރުގަދަ ގުރޭޕެއްގައިއެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ކޮލަންބިޔާ އާއި ޕެރަގުއާއިގެ އިތުރުން ހޮންޑިއުރަސް އާއި ކޮސްޓްރިކާ ވާދަކޮށް މޮޅުވާ ޓީމެކެވެ.
ގުރުއަތު ނެގުމުގެ ހަފްލާގައި އެންމެ ފަހުން، 2021 ވަނަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރި ގޮތުގެ ޑޮކިއުމެންޓްރީއެއް ވަނީ ދައްކާފައެވެ. މިއީ ދެކުނު އެމެރިކާގެ ޤައުމީ ޓީމު ތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ މުބާރާތް އެމެރިކާގައި ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން އެ ޤައުމުގައި މުބާރާތް ބޭއްވީ 2016 ވަނަ އަހަރު އެވެ.