ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުއްވި ބަޔާނެއްގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި، މާލޭގެ ބާރުބޮޑު ސަރަޙައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމާ ގުޅޭ pic.twitter.com/3XfcXyWzEi
— Maldives Police (@PoliceMv) January 5, 2024
ފުލުހުން ވަނީ އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަަމަޖެހިފައިވާތީ، މާލޭގެ އެކި ސްކޫލްތަކަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށާއި، ސްކޫލްތަކުގެ ގޭޓް ކުރިމައްޗަށް ވާގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށްވެސް އެދިފައެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލްގެ އިތުރުން މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކާއި، ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ފުލުހުން ވަނީ ނިންމަވާފައެވެ.