އެމްޓީސީސީން މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްސާދާރުންނަށް 11 މިލިއަން ރުފިޔާ ބަހަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެކުންފުނީގެ މާލީ ހިސާބު ފާސްކުރުމަށް ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިންނެވެ. އެ ކުންފުނިން ޢާއްމުކޮށްފައިވާ ވާގޮތުން ޙިއްޞާދާރުންނަށް މިދިޔަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީގެ އަގު 50 ރުފިޔާގެ ހިއްޞާއަކަށް 22 ރުފިޔާ ބަހާ ގޮތަށް ވަނީ ނިންމަވާފައެވެ.
އެމްޓިސީސީން ޙިއްޞާގެ ފައިދާގެ ގޮތުގައި ހުސްވި އަހަރު ބަހަން ނިންމާފައި މިވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ޙިއްޞާ އަކަށް 12 ރުފިޔާ އިތުރުކޮށެވެ. 2014 ވަނަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައިވަނީ -/10 ރުފިޔާއެވެ. އަދި 2014 ވަނަ އަހަރު ޙިއްޞާގެ ފައިދާގެ ގޮތުގައި މުޅިއެކު 5 މިލިޔަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވެއެވެ.
2015 ވަނަ އަހަރުގެ އެ ކުންފުނީގެ ސާފު ފައިދާއަކީ 156 މިލިޔަން ރުފިޔާއެވެ. 2014 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް -/20 ރުފިޔާއާއެކު ބޯނަސް ހިއްސާއެއް ދިނުމަށް ނިންމާފައިވެއެވެ.