ޚަބަރު

އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ދިރާގަށް


  • މި އެވޯޑު ލިބުނީ މިދޔަ އަހަރުގެ 3 އަދި 4ވަނަ ކުއާޓަރގެ ޕަރފޯމަންސަށް

  • ރާއްޖޭގެ އާބާދީގެ %50އަށް 5ޖީގެ ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވޭ

ދުނިޔޭގެ ސްޕީޑް ޓެސްޓު ހަދާ މަޝްހޫރު ކުންފުނިކަމަށްވާ "އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ވިދިވިދިގެން ތިންވަނަ ފަހަރަށް ދިރާގަށް ލިބިއްޖެއެވެ.

މި އެވޯޑު ދިރާގަށް ލިބިފައިވަނީ 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރއިން ފެށިގެން 4 ވަނަ ކުއާޓާގެ ޕަރފޯމަންސަށް ބަލައެވެ.

އޫކްލާއިން ދިރާގާ މި އެވޯޑު ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޯބައިލް ވާރލްޑް ކޮންގްރެސް 2023ގައެވެ. ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދެވެ.

"ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް' އެވޯޑް ލިބުމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތާއި ދޭ ޚާއްސަ އަހައްމިއްޔަތު." ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ ސްޕީޑް ޓެސްޓު ހަދާ އެންމެ މަޝްހޫރު ކުންފުނިކަމަށްވާ އޫކްލާގެ ނެޓްވަރކް ޓެސްޓިންގ ޕްލެޓްފޯމް ކަމަށްވާ ސްޕީޑް ޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވަރކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެއެވެ. އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2023 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަޤާމު ހޯދާފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފައެވެ.