ޚަބަރު

މަޖިލިސް އިންތިޚާބާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަގަހަ ޖަލްސާއެއް ބާއްވައިފި


  • ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތް

  • ޖަލްސާގައި ސަރުކާރުގެ އިސްވެރިން ވާހަކަފުޅުދައްކަވާފައިވޭ

  • ޕީޕީއެމް / ޕީއެންސީގެ ފަރާތުން 89 ފަރާތެއް މަޖިލީހަށް ވާދަކުރޭ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަގަހަ ޖަލްސާއެއް ބާއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ އެ ކޯލިޝަންގެ "ދިވެހީންގެ ޖަގަހައިގައެވެ. ޖަލްސާ ބާއްވާފައިވަނީ "ދިވެހިރާއްޖޭގެ ދުވެލި އަވަސްކުރުމަށް" މި ނަމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އަދި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ ވާހަކަދައްކަވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިކުންނަނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް" މި މޮޓޯއާއެކުއެވެ. މި ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި 89 ދާއިރާއަކަށް ވާދަކުރެއެވެ. 4 ދާއިރާއަކަށް ވާދަނުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.