ޚަބަރު

މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


  • ހޯދަމުން އަންނަ މީހާއަކީ ކާކުކަން ނެގޭތީ އޭނާ ހޯދުމަށް ފޮޓޯވަނީ އާއްމުކޮށްފައި

  • މިމީހާ އެނގޭނަމަ 9980062އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރުމަށްވަނީ އެދިފައި

މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދައިދިނުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވަނީ ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ ކާކުކަން ދެނެގަނެވިފައިނުވާ މީހަކު ހޯދުމަށް އޭނާގެ ފޮޓޯ ސޯޝަލް މީޑިޔާގައި ޢާންމުކޮށްފައެވެ. އަދި އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.