ޚަބަރު

"އަސިކުޑަ ވޯލްޑް" ޓްރެއިނިންގ ފަށްޓަވައިފި


"އަސިކުޑަ ވޯލްޑް" ޓްރެއިނިންގ ކަސްޓަމްސްގައި މިއަދު ފަށްޓަވައިފިއެވެ. 

ކަސްޓަމްސްގައި ބޭއްވެވި ރަސްމިއްޔާތުގައި މިޓްރެއިނިންގ ފަށްޓަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، މި ޓްރެއިންގެ ސަބަބުން ކަސްޓްމްސްގެ މަސައްކަތުގެ ސްޕީޑް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި އަސިކުޑަ ވޯލްޑް ޓެރެއިނިންގެ ފެސިލިޓޭޓަރުންނަށާއި ޓްރެއިނިންގް ކިޓް ތައްޔާރުކޮށްދެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. 

އަސިކުޑާ ވޯލްޑް ޓްރެއިނިންގްއަކީ ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނާއި ބްރޯކަރުންނާއި، ކަސްޓަމްސްގެ ވިޔަފާރިވެރިން ހިމެނޭގޮތަށް ބާއްވާ އެންމެބޮޑު ތަމްރީނު ޕްރޮގްރާމްކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. 

މިޕްރޮގްރާމްއާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ސީނިއަރ ކަސްޓަމްސް އޮފިސަރ ޢާއިޝަތު ނާޒް ޔޫސުފް ވިދާޅުވީ، މި ޕްރޮގްރާމަކީ ކުރިމަގުގައި ކަސްޓަމްސްއިން ބޭނުންކުރައްވާނެ ޕްރޮގްރާމް ކަމަށާއި ކުރިއަށް އޮތް ދެތިން މަދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ބޭނުންކުރަން ފަށްޓަވާނެކަމަށެވެ. ކަސްޓަމްސްގެ ހުރިހާ މުވައްޒަފުން ތަމްރީން ކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ކަސްޓަމްސްގެ ތަޖުރިބާކާރު މުވައްޒަފުންކަމަށް ނާޒް ވިދާޅުވިއެވެ.