ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ އޮރެންޖް ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ 17:30 އިން ފެށިގެން 20:30 އަށެވެ. މި ވަގުތުގައި ގަޑިއަކު 36 މޭލާއި 42 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭނެކަމަށެވެ. ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށްވެސް ރީނދޫ ސަމާލު ވަނީ ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 20:30 އަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިކަމަށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.