ޚަބަރު

މީހެއްގެ އަތުން ފައިސާ ފޭރުނު 4 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 4 ދިވެހިން

  • މިމީހުންވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން މީހެއްގެ އަތުން ފޭރިގެންފައި

މީހެއްގެ އަތުން ފައިސާ ފޭރުނު 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފްކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ފައިސާ ފޭރިގަނެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއްވައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ހާމަކުރައްވާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް އޮޅުވާލައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.