ކުޅިވަރު

ރޮމޭނިއާ ކުޅުނީ އަހަރެން ބޭނުންވި ގޮތަކަށް ނޫން: އިއޮޑަނެސްކޫ


"
މިއީ މިހާތަނަށް އަހަރެމެން ކުރިމަތިލީ އެންމެ ބޮޑު ޗެލެންޖް
ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ބެލްޖިއަމް އަތުން 0-2 އިން ބަލިވި މެޗަށްފަހު ރޮމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ވަނީ، ބެލްޖިއަމްއާ ބައްދަލުކުރި މެޗުގައި އޭނާގެ ޓީމު ލައްވައި ކުޅުވަން ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށް ބުނެފައެވެ.

ބެލްޖިއަމްއަކީ ހުރިހާ ގޮތަކުން ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުންނަކީ މުބާރާތުގައި ވާދަކުރެވޭވަރުގެ ޓީމެއް ކަމަށްވެސް އިއޮޑަނެސްކޫ ބުންޏެވެ. އެކަމަކު ވެސް އޭނާގެ ޓީމުން ކުޅުނީ މޮޅުވާން ކަމަށް އިއޮޑަނެސްކޫ ބުންޏެވެ

އިއޮޑަނެސްކޫ ބުނީ، ފަހު ހާފުގައި މޮޅަށް ކުޅުނީވެސް ރޮމޭނިއާ ކަމަށާއި، ނަސީބު އެހީވިނަމަ ފަހަރެއްގައި އޭނާގެ ޓީމަށް ޕޮއިންޓެއް ލިބޭނެ ކަމަށެވެ. އެގޮތުން، މެޗުގެ ނަތީޖާ އެއްވަރުކުރަން ވެސް ފުރުޞަތުތައް ލިބި ބޭނުންނުހިފުނީ ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ.

"އަހަރެމެން ގޮތްދޫނުކުރަން، އެންމެ ފަހުވަގުތާ ޖެހެންދެން މަސައްކަތްކުރީ މޮޅުވާން." އިއޮޑަނެސްކޫ ބުންޏެވެ.

ނިންމާލަމުން އިއޮޑަނެސްކޫ ވަނީ، އޭނާގެ ޓީމުގެ ކޮޅަށް ދެ ލަނޑުވަތް ކަމަށާއި، އޭގެތެރެއިން ފުރަތަމަ ގޯލު ވަނީ ނަސީބު ނެތުމުން ކަމަށެވެ. އެ ގޯލަށް ފަހު، ދެވަނަ ހާފަށް ނިކުތުމުކުރީން، ކުޅުންތެރިންގެ ގާތުގައި ހަމަޖެހިލައިގެން ކުޅެން ބުނެފައިވާ ކަމަށް ވެސް އިއޮޑަނެސްކޫ ފާހަގަކުރިއެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި، އެ މީހުން ނިކުތީ މޮޅު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށް ރުމޭނިއާގެ ޑިފެންޑަރު، ރަޑޫ ޑްރަގޫސިން ބުންޏެވެ.

ފަހު ހާފުގައި ކުޅުން ރަނގަޅުވިއިރު ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށްވެސް ޑްރަގޫސިން ވަނީ ބުނެފައެވެ. އަދި އިދިކޮޅު ޓީމަށް ލިބުނު ފުރުޞަތުތަކުގައި ތިބީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކަމަށް ވެސް ޑްރަގޫސިން ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރުމޭނިއާ އަށް ދެން އޮތީ ސްލޮވާކިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.