ޕޯޗްގަލް ބަލިކުރި ޖޯޖިޔާ ޓީމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރުގެ ފަރާތުން 8.4 މިލިއަން ޕައުންޑް ދޭން ނިންމައިފި އެވެ. ޖޯޖިޔާގެ ކުރީގެ ބޮޑުވަޒީރު ބިޒިނާ އިވާނިޝްވިލީ އަކީ ބިލިއަނަރެކެވެ.
ޖޯޖިޔާގެ ފުޓްބޯޅަ ތާރީޚުގެ އެންމެ އުފާވެރި މޮޅާއި، އެންމެ ބޮޑު ކާމިޔާބީ ކަށަވަރުކުރީ ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެމުބާރާތުގެ ކުރީގެ ޗެމްޕިއަން ޕޯޗްގަލް 2-0 ން ބަލިކޮށްގެންނެވެ. އެނަތީޖާއާއެކު މުބާރާތުގެ ނޮކްއައުޓް ބުރުން ޖޯޖިޔާއަށް ޖާގަ ޔަގީންވިއެވެ. ނޮކްއައުޓް ބުރުގައި ޖޯޖިޔާ ވާދަކުރަން ޖެހޭނީ ސްޕެއިން އާއެވެ. ސްޕެއިން ބަލިކޮށްފި ނަމަވެސް ހަމަ އެދަދު އިނާމެއްގެ ގޮތުން މުޅި ޓީމަށް ދޭނެކަން 12 މަސް ދުވަހު ޖޯޖިޔާގެ ބޮޑު ވަޒީރުކަން ކުރެއްވި އިވާނިޝްވިލާ ވަނީ އިއުލާނު ކުރައްވާފައެވެ. އޭނާ އަކީ އެގައުމުގެ ޑްރީމް ޕޮލިޓިކަލް ޕާޓީގެ ރަމްޒީ ޗެއަރމަންވެސް މެއެވެ. އެޕާޓީގެ ސިޔާސަތަކާ ދެކޮޅަށް ގަުއމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް އޭޕްރީލް މަހު ވާހަކަ ދައްކާފައިވެސް ވެއެވެ.
ބިޒިނާ އިވާނިޝްވިލީ ޖޯޖިޔާގެ ބޮޑުވަޒީރުކަން ކުރެއްވީ 2012 ވަނަ އަހަރު އެވެ. އެއަށްފަހު އިސްތިއުފާ ދެއްވީ އެވެ. އޭނާގެ ޕާޓީން ބުނީ ޓީމަށް ހަދިޔާގެ ގޮތުގައި ފައިސާ ދެނީ އިވާނިޝްވިލީގެ ޗެރިޓީ ފައުންޑޭޝަނުން ކަމަށެވެ. ޖޯޖިޔާ އަށް އުފަން ނަމަވެސް އޭނާގެ އިންވެސްޓްމަންޓްތައް އޮތީ ރަޝިޔާގައެވެ. އެގައުމުގައި އޭނާ އިންވެސްޓް ކުރަން ފެށީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ. 68 އަހަރުގެ އިވާނިޝްވިލީގެ މިލްކިއްޔާތުގައި 3.78 ބިލިއަން ޕައުންޑް ހުރި ކަމަށް ފޯބްސްއިން އަންދާޒާ ކުރެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖޯޖިޔާ ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ އެމީހުންގެ ފުރަތަމަ ޔޫރޯ އެވެ. ނޮކްއައުޓް ބުރުގައި ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރެއެވެ. ސްޕެއިން އަކީ ތިން މެޗުން މޮޅުވެ، ކޮޅަށް ގޯލަށެ ނުވަދެ ގަދަ 16 އަށް ދަތުރުކުރި ހަމައެކަނި ޓީމެވެ.
"އެއީ ތާރީޚީ، ހުވަފެނީ މޮޅެއްއިވާނިޝްވިލާ/ ޖޯޖިޔާގެ ކުރީގެ ބޮޑުވަޒީރު