ޚަބަރު

ރީޖަނަލް ޔޫތު ޕާލިމަންޓް އޮން ކްލައިމެޓް އެކްޝަންގައި ބައިވެރިވާން ހުޅުވާލައިފި


  • މޫސުމާ ގުޅޭ ޤާނޫނާއި ސިޔާސަތުތަކަށް ނުފޫޒު ފޯރުވޭ، ޒުވާނުންނަށް ޚާއްސަކޮށްފައިވާ ޕްރޮގްރާމެއް

ރީޖަނަލް ޔޫތު ޕާލަމެންޓް އޮން ކްލައިމެޓް އެކްޝަން (އާރްވައިޕީސީއޭ) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރީޖަނަލް ޔޫތު ޕާލަމެންޓް އޮން ކްލައިމެޓް އެކްޝަންއަކީ ޔޫތު އެމްޕަވަރމަންޓް އޮން ކްލައިމެޓް އެކްޝަން ޕްލެޓްފޯމް (ޔެކެޕް) ގެ އިސްނެގުމާއެކު ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ޒުވާން ލީޑަރުންގެ އުފެއްދުންތެރިކަމާއި، ހަކަތައާއި، ތަފާތުކަމާއި، ޝައުގުވެރިކަމުގެ ބޭނުންހިފައި ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި މޫސުމާއި ބެހޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒު ކުރުމުގައި ނުފޫޒުފޯރުވުންކަމަށް، ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އާރްވައިޕީސީއޭ އަމާޒުކޮށްފައިވަނީ ސަރުކާރުގެ އެކި ދާއިރާތަކާއި ޤާނޫނީ ދާއިރާތަކުގެ މެންބަރުންނަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ މަޖިލީސްތަކާއި، ގައުމީ އަދި ސަބްނޭޝަނަލް ޔޫތު ޕާލަމެންޓްތަކާއި، ޔޫތު ކައުންސިލްތަކާއި، މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިފައިވާ ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތައް ހިމެނެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް:

- އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
- އިނގިރޭސި ބަހަށް އަހުލުވެރިވުން (ވާހަކަ ދެއްކުމާއި ލިޔުމުގެ ޕްރޮފެޝަނަލް ވޯކިން ގްރެފިޝަން).
- މިހާރު އެބޭފުޅެއްގެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާއި، ސްޓޭޓް އެސެމްބްލީގެ މެމްބަރެއްގެ ގޮތުގައި، ނުވަތަ ސަރުކާރުގެ އިދާރާ؛ މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުން.
- ޤައުމީ ނުވަތަ ސަބްނޭޝަނަލް ޒުވާނުންގެ މަޖިލިސްތަކާއި، ޒުވާނުންގެ ކައުންސިލްތަކުގައި ބައިވެރިވުން ނުވަތަ އެމީހެއްގެ ޤައުމުގެ ކޮންމެވެސް ފެންވަރެއްގައި ސަރުކާރުގެ އިދާރާތަކާއެކު ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތަކުގައި ބައިވެރިވުން.
- މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔުންތައް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި އެކުލަވާލުމުގައި ލަފާދިނުމާއި، އެފަދަ މަސައްކަތްތަކުގައި ބައިވެރިވެއުޅުން.
- އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ފަރާތްތަކާއި، ގެދޮރު ގެއްލިފައިވާ ފަރާތްތަކާއި ނުވަތަ ބިދޭސީ މުޖުތަމައުތަކުގެ ފަރާތްތަކާއި، ރަށްފުށުގެ (އާބަން ނޫން) ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މައިނޯރިޓީ ކޮމިއުނިޓީތަކަށް ނިސްބަތްވާ ކޮންމެ ޒުވާނަކުވެސް ބައިވެރިވުމަށް ވަރަށް ބޮޑަށް ހިތްވަރުދޭ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށެވެ.