ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި 3 ވަޒީރަކު ޗައިނާއަށް ފުރާވަޑައިގެންފި


  • ޗައިނާއަށް ވަޑައިގެންނެވީ ޚާރިޖީ ވަޒީރާއި އިމާރާތްކުރުމާއި ބެހޭ ވަޒީރާއި މާލީ ވަޒީރު

  • މިދަތުރުފުޅު ކުރައްވަނީ މިމަހުގެ 20 އިން 24 އަށް

  • ދަތުރުފުޅުގައި ޗައިނާގެ ކުންފުނިތަކާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ 3 ވަޒީރަކު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިމަހުގެ 20 އިން 24 އަށް 3 ވަޒީރުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، ރާއްޖޭގެ ޚާރިޖީ ވަޒީރަށް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މިދަތުރުފުޅުގައި ވަޒީރުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް، ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.