ޚަބަރު

ޓީ20 ޕްރިމިއާ ލީގު: މާލޭ ވެޓަރަންސް އާއި ވިޔަންސާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ޕްރިމިއާ ލީގުގައި މާލޭ ވެޓަރަންސް އާއި ވިޔަންސާ ކުޅުނު މެޗުން މޮޅުވެއްޖެއވެެ.

ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗު ފުރަތަމަ މެޗް މާލޭ ވެޓްރަންސް ކާމިޔާބުކުރީ 8 ވިކެޓުންނެވެ،. އަދި ދެވަނަ މެޗް ވިޔަންސާ ކާމިޔާބުކުރީ 58 ލަނޑުންނެވެ.

ފުރަތަމަ މެޗުގެ ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި ތާރަކަ އާއި 45 ލަނޑު ހެދި ސަމިތަ އެވެ. ޖަވާބުގައި މާލޭ ވެޓަރަންސް ކުޅެންއަރާ 19 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 145 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 68 ލަނޑު ހެދި ޔަފާ އާއި 42 ލަނޑު ހެދި ލުގުމާނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ލުގުމާނެވެ.

ދެވަނަ މެޗުގެ ގުރު ދިމާވުމުން ވިޔަންސާ ގަސްދުކުރީ ކުޅުމަށެވެ. ވިޔަންސާ ކުޅެންއަރާ 20 ވަނަ އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން 179 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 105 ލަނޑު ހެދި މުޙައްމަދު ރިޝްވާންއާއި 32 ލަނޑު ހެދި އިސްމާއީލް އަލީ އެވެ. ޖަވާބުގައި އޮފުއެފްސީ ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 121 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި މުހަންމަދު އޮލިއުލާ އެވެ. އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސިމިއޯން ހެރިސް ވަނީ ތިން ވިކެޓު ނަގާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޔަންސާގެ މުޙައްމަދު ރިޝްވާނެވެ.