ޚަބަރު

މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ


  • ކުރިން އޮތް ގޮތުން މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ

  • މޫސުން ގޯސްވުމުން ޝަރަފުގެ ހިނގާލުން ވަނީ ފަސްކޮށްފައި

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ބާއްވަން ހަމަޖެއްސި ޝަރަފުގެ ހިނގާލުން ފަސްކުރުމާއި ގުޅިގެން މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭގޮތަށް ހަދައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވުމުން، މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާ ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ދުއްވުން އެވަގުތުތަކުގައި މަނާކޮށްފައިވަނީ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.